ކަޅާއި ދޮން ދިވެހިން ނުދައްކާ ވާހަކަ! ؟ ތުއްތު ދަރިފުޅު ގޮވައިގެން އޮއްވާ ކިތައް މީހުން އައިސް ކުއްޖާގެ ކުލަވަރު ބަލައި، އެކަމާ ބަސްބުނެ ހަދާ ހެއްޔެވެ؟ "ދޮން ދޮން ބިސްކޮޅެއް"، "ލޯބި ދޮން ފުށްކޮޅެއް" މިހެން ބުނާ އަޑު އަހަމުހެއްޔެވެ؟ "ކަޅަކަސް ލޯބި ދޯ؟" މިހެން ބުނާ އަޑު އަހަމު ހެއްޔެވެ؟ ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ އާ ހަމައަށް ކިޔަވައި ނިމުނުއިރު، ސްކޫލް ކޮންސެޓް ފަދަ ހަރަކާތްތަކުގައި "ދޮން، ލޯބި ކުދިން" ކުރީ ސަފަށް އަރުވާކަން ނުވަތަ އެ ގޮތަށް ސިފަކުރެވޭ ކުދިންނަށް ޑްރާމާގެ މައިގަނޑު ރޯލްތައް ދެވޭކަން ފާހަގަކުރެވިފައިވޭ ހެއްޔެވެ؟ https://adhadhu.com/article/12521 #timetostopracism #stopracism #weallareequal #racismiswrong #dontberacist #Maldives #Family #friends #schools #relatives #awareness #wakeupall https://www.instagram.com/p/CPuQSgzjtOl/?utm_medium=tumblr












