seen from United States
seen from Brazil
seen from Malaysia

seen from Malaysia

seen from China
seen from United States
seen from Malaysia

seen from Malaysia
seen from Belgium
seen from Japan

seen from Malaysia
seen from United States
seen from United States
seen from United States
seen from Poland

seen from Türkiye
seen from China
seen from China
seen from United States

seen from United States
ލަންދޫ ކަށްނާޅާ މަހާނަ އެޅި ވަޅުގަނޑު.
އަޙްމަދު ދާއޫދު / ލަންދޫ 23 ނޮވެމްބަރ 2015 ޚިޔާލެއް ދެއްވާ
ނޯޓް: މިއީ ލަންދޫގެ ތާރީޚާއި ގުޅުންހުރި ވާހަކަތަކެއް ހިމެނޭ ލިޔުމަކަށް ވާތީ ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވަމެވެ. މި ލިޔުމުގެ މައގަނޑު ހާދިސާ އަކީ ފަހަރެއްގައި ސަތޭކަޕަސަންޓް ތެދު ޙާދިސާއަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މި ލިޔުމުގެ މައިގަނޑު ޚިޔާލަކީ ލަންދޫގެ ހަރުކުލައިގެ މީހުންނާއި، ދުވަސްވީ މީސްމީހުންގެ ފަރާތުން ތުންތުންމަތިން ވާރުތަވެ ދެކެވެމުން އަންނަ ހަޤީޤީ ވާހަކައެކެވެ.
އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނ.ލަންދުއަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. ދިވެހިރާއްޖޭގައި އެންމެފުރަތަމަ މީހުން ވަޒަންވެރިވި ރަށްތަކުގެ ލިސްޓުން އެންމެ ކުރީގެ ޖާގަ ތާރީޚް ޢިލްމްވެރިން ލަންދުއަށް ދެއްވަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ތާރީޚީ ކުރީގެ އަދި އެންމެ ކުރީގެ އެތައް ހާދިސާތަކެއްވަނީ ލަންދޫގައި ހިނގައިފައިކަން ތާރީޚް ހެކިދެއެވެ.
ރާއްޖެއަށް ކުރިމަތިވި ބޮޑުތަދުގެ ޒަމާނުގައި ލަންދުއަކީ ކާބޯތަކެތި އެންމެ ތިޔާގިވި އެއްރަށެވެ. ރަށުގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުންނާއި، އެހެން ބައެއް ދުރުރަށްރަށުންވެސް ލަންދުއަށް ކާބޯތަކެތި ހޯދުމަށް މީހުން އަންނަނީ ވަލުތެރޭގައި ހުންނަ ކާށީގެ އިތުރުން ކަށިކޭލާއި،ބަނބުކޭލާ ފަލަމަޑީގެ އެތައް ބާވަތްތަކެއް ގިނައަދަދަކަށް ލިބޭތީ އެވެ. އެތަކެތި ހުސްވުމެއް ނެތި އެހާ ފަސޭހައިން އެހާ ގިނަދުވަސްތަކެއް ވަންދެން ލިބުނީ ލަންދުއަކީ މާ ރަށަށަކަށްވީމާ ކަމަށްވެސް ވެދާނެއެވެ.
މިފަދަ ތަދުޒަމާނެއްގައިވެސް ލަންދޫ މީހުން ދިރިއުޅެމުންދިޔައީ ﷲ ދެއްވި ރޯދީގައި ނުހަނު ތިޔާގިކަމާއެކުއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ރައްޔިތުންގެ ތެރޭގައި ބަނޑުފުރާނަ މުއްތި ކުރާނެވަރު ނުލިބޭ ހަމަ އެކަކުވެސް އެޒަމާނުގައިވެސް ނެތެވެ. މިފަދަ ހިތްހަމަޖެހުމާއި، އަމާންކަންމަތީ ގައި ތިއްބާ ލަންދޫރައްޔިތުން ސިއްސުވާލީ އޭރުގެ ރަދުންގެ އަމުރުފުޅަށް ލަންދޫގައި ތިބި ޖާނުން ވަރުގަދަ ޒުވާން ފިރިހެނުން މާލެ ގެނައުމަށް މާލޭގެ ބޮޑުންގެ ތެރެއިން ވަފުދެއް އަންނަ ކަމުގެ ޚަބަރު ލިބުމާއި ގުޅިގެންނެވެ. މިޚަބަރު ލިބުމާއެކު ރަށުގެ ވެރިއަކަށް އޭރުހުންނެވި މުދިންކަލޭގެ ރަށުރައްޔިތުން އެއްކުރިއެވެ. ރައްޔިތުންނަށް މިޚަބަރު ދިނެވެ.
ރައްޔިތުން އެއްކުރެއްވުމަށްފަހު މުދިންކަލޭގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަމުން ގެންދެވިއެވެ. އޭނާގެ ވާހަކައިގައި ބޮޑަށް ފާހަގަކުރެއްވީ ލަންދޫން މީހުން ނަގަން އެ އަންނަނީ ބޭރުގެ ހަގުރާމަވެރިންނާ ކުރިމަތިލާނެ ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރެއްވުމަށް ކަމަށާއި، ރަދުންގެ ވިސްނުނުންފުޅަކީ ރާއްޖެތެރޭގައި ތިބި ޖާނުންވަރުގަދަ މީހުން އެކިރަށްރަށުން ނަގައިގެން މާލެގެންގޮސް ބޮޑުލަޝްކަރެއް ތައްޔާރުކޮށް ރާއްޖެއާ ތޮޅެން އަންނަ ބޭރުގެ ހަނގުރާމަވެރިންނާ ކުރިމަތިލުންކަމުގައި ރައްޔިތުންނަށް އޮޅުން ފިލުވައިދިނެވެ. އަދި ހަނގުރާމަ ކުރުމަށް ނިކުންނަ ކޮންމެ މީހަކީވެސް ފުރާނަ އަތްމައްޗަށް ލައިގެން ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި ހުންނަން ޖެހޭނެ މީހެއްކަމަށާއި، މިކަމުން ސަލާމަތްވެވޭނެ އެއްވެސް ފިކުރެއް ނުވަތަ ވިސްނުމެއް އެއްވެސް ރައްޔިތެއްގެ ކިބައިގައިވާނަމަ އަވަހަށް އެ ޚިޔާލެއް ހުށަހެޅުމަށް މުދިންކަލޭގެ ރައްޔިތުންގެ ކިބައިން އެދުނެވެ.
އެހިދު ރައްޔިތުންގެތެރެއިން ހަރުކުލައިގެ މީހުން އެކި އެކި މީހުންނަށް ފެންނަ އެކިއެކި ޚިޔާލުތަކާއި، މަޝްވަރާތައް ހުށަހަޅަމުން ދިޔައެވެ. އެއްބަޔަކު ބުނާގޮތުން އެ ހަނގުރާމަގައި ބައިވެރިވެ ޤައުމުގެ ދިފާއުގައި މަރުވުމަކީ ޝަހީދުވުން ކަމަށާއި، އެގޮތް މާ މޮޅުވާނެކަމަށް މަޝްވަރާ ދިނެވެ. އެހެންނަމަވެސް އެފަދަ ޚިޔާލުތަކަކަށް ގިނަމީހުންނަކަށް އެއްބަސް ވެވޭގޮތެއްނުވިއެވެ. އެންމެންވެސް އިއްތިފާޤުވީ ލަންދޫ ގޮއިފާލައްބަ އިބްރާހިމްބެ ހުށަހެޅި ޚިޔާލަށެވެ. އޭނާ ދިން ޚިޔާލަކީ މާލެއިން އެ އަންނަ ބަޔަކު އައުމުގެ ކުރިން ވަލުތެރޭގެ ދުރުހިސާބެއްގައި ބޮޑުވަޅަގަނޑެއް ކޮނެ ރަށުގައި ވަރުގަދައަށް ތިބި ހުރިހާ ޒުވާނުން އެވަޅުގަނޑަށް ވަދެއް ފިލާތިބުމެވެ. އަންނަވަފުދު ގެ މީހުންނަށް އޮޅުވާލުމެވެ. ހަނގުރާމައަށް ދެވޭފަދަ ހިތްވަރެއް ހުރި އަދި އެކަމަށް އެކަށީގެންވާ މީހަކު ނެއްކަމަށް ހެދުމެވެ. ކޮންމެއަކަސް މިޚިޔާލަށް ގިނަބަޔަކު އެއްބަސްވިއެވެ. ޚުދު މުދިންކަލޭގެވެސް މިކަމަށް އެއްބަސްވީ މިއަށްވުރެ ރަގަޅު ހަމަ އެއްވެސް އެހެން ލަފައެއް، ޚިޔާލެއް ނެތީމައެވެ.
އިބްރާހިމްބެ ބުނިފަދައިން އެންމެންވެގެން ރަށުގެ ވަލުތެރޭގައި ބޮޑު ވަޅުގަނޑެއް ކޮނެފިއެވެ. އަދި ރަށުގައި ތިބި ހުރިހާ ޒުވާން ފިރިހެނުން ގެނެސް ވަޅުގަނޑުގައި ރައްކައުތެރިކަމާއެކު ފިލުއްވައިފިއެވެ. އަދި ވަޅުގަނޑުގެ މަތިން ފިލާތަކެއް ފަތުރާ އެތެރެއަށް ވެލިނޭޅޭނޭހެން ހެދުމަށްފަހު މަތިން ފަސްއަޅާ ވަޅުގަނޑު ފޮރުވާލައިފިއެވެ.
އެދުވަހުގެ އިރުއޮއްސުމާ ގާތްވެފައިވަނިކޮށް މާލެއިން އަންނަބުނި ވަފުދުގެ މީހުން އަތުވެއްޖެއެވެ. ރަށުގެ ވެރިންނާ ބައްދަލުކޮށް ރަށުގައި ތިބި ހުރިހާ ރައްޔިތުން އެއްތަނަކަށް އެއްވުމަށް އަމުރު ކޮށްފިއެވެ. ހަމަ އިސާހިތަކު ހުރިހާ ރައްޔިތުން އެއްވެއްޖެއެވެ. އެހެނެއްކަމަކު މިތާކު ހަނގުރާމައަށް ދެވޭފަދަ ހާލަތެއްގައި ހުރި ހަމައެކަކުވެސް ނެތެވެ. ދެން ބޮޑުން ސުވާލުކުރިއެވެ. މިރަށުގައި އެއްވެސް ޒުވާނަކު ހަމަ ނޫޅެނީހެއްޔެވެ. އޭގެ ޖަވާބުގައި މުދިންކަލޭގެ ދެންނެވިއެވެ. ލައްބައެވެ. މިރަށުގައި ތިބިހާ ބަޔަކު މިތާ މިތިބީއެވެ. މިރަށުގައި މުޅިންވެސް ތިބޭނީ އަންހެނުންނާ ކުޑަކުދިންނާ އަދި މުސްކުޅިންނެވެ.
މާލެއިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަރަށް މާޔޫސްކަމާއެކު ރަށުން ފައިބައިގެން ދިޔުމުން އަވަސް އަވަހަށް ގޮސް އެއްކަލަ ވަޅުގަނޑު ކޮނެފިއެވެ. ކަމަކު ދާކަށް ނެތެވެ. ވަޅުގަނޑުގައި ތިބި ހުރިހާ ޒުވާނުން ތިބީ އެކަކުގައިގައި އަނެއްކަކު ދަތްއަޅާ ގައިގެ އެތަންމިތަން ވީދާ ހެދުމަށްފަހު މަރުވެފައެވެ. ވަޅުގަނޑުގައި ތިބި އެންމެން މަރުވީ އޮކްސިޖަން ބަންދުވެގެން ނޭވާ ހާސްވެގެން ކަމެއް އަދިވެސް ރަށުގެ އެއްވެސް މީހަކަށް ނޭންގުނެވެ. ކޮންމެއަކަސް އެންމެން ތިބީ މަރުވެފައެވެ. “އިންނާ ލިއް ﷲ ވައިންނާ އިލައިހި ރާޖިޢޫން ” ރަށުގެ ޒުވާންޖީލު އެއްކޮށް އެއްފަހަރާ މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އަދި އަދަށް ދާންދެންވެސް “ލަންދޫ ކަށްނާޅާ މަހާނަ އެޅި ވަޅުގަނޑު ” ކިޔާ ސަރަޙައްދުން އިންސާނުންގެ ކަށިތައް ފެންނަމުން ދެއެވެ. ޝެއަރ ކޮށްލައްވާ
ލަންދޫން ފެނުނު ބުރަހަމީ އަކުރުގެ ގައު / މިއީ އަދި މިހާތަނަށް ރާއްޖެއިންފެނިފައިވާ އެންމެދުވަސްވީ ލިޔުން
ލަންދޫގައި ހުރި އެންމެ ބޮޑު ކުއްޅަވައް ގަސް ހުންނަނީ "ބަންޑާރަފަޅި"ގަ
Post under ރިޕޯޓް ލިޔުނީ: landhooheadlines
ލަންދޫއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ކުއްޅަވައް ގަސް ހުރިރަށެވެ. މުޅި ލަންދޫގެ ވަށައިން ކުއްޅަވައް ގަސް ހުރި ނަމަވެސް ވަކި މީހެއް ނަމްބަރު ޖަހާފައި އަމިއްލަ ގަސްގަހެއް ނުހުރުމީ ލަންދޫގެ ކޮންމެ މީހަކުވެސް މިއަދު އުފާ ކުރާ ކަމެކެވެ. ލަންދޫގައި ހުރި އެންމެ ބޮޑު ކުއްޅަވައް ގަސް ހުންނަނީ "ބަންޑާރަފަޅި"ގައެވެ. މިގަހަކީ ވަރަށް ހާއްސަ ގަހެކެވެ. މިގަހަށް އަދި މިހާތަނަށް އެއްވެސް މީހަކަށް އެރި ފައެއް ނެތެވެ. މިގަހުގައި އަޅާ ކުއްޅަވައް އާދަޔާ ހިލާފަށް ބޮޑެވެ. "ބަންޑާރަފަޅި ބޮޑު ކުއްޅަވައް" ގަހަށް އެރުމަށްޓަކއި ލަންދޫ ހެޑްލައިންސްގެ ޓީމުން ކުރިމަސައްކަތް ވެސް ވަނީ ބޭކާރުވެފައެވެ.
- ނ. ލަންދޫން ފެނުނު ގަލުން އެނގެނީ މީލާދީން ހަ ވަނަ ގަރުނުގައި ވެސް ރާއްޖޭގައި ލިޔަންކިޔަން ފެށިފައިވާކަން
ނ. ލަންދޫން ފެނުނު ލަންދޫ ގައު: މިއީ ރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ލިއުމެވެ. މި ލިއުން ލިއެފައި ވަނީ މީލާދީން ހަ ވަނަ ގަރުނުގަ އެވެ.
ނަސީމާ މުހައްމަދު
ބަހުގެ ބައެއް މާހިރުން ވިދާޅުވެފައިވާ ގޮތުގައި، ތަހުޒީބު ވެފައިވާ ޙަޟާރަތަކަށް ބައެއްގެ ޙަޟާރަތު ވާނީ، އެ ބައެއްގެ ތެރޭގައި ލިޔަންކިޔަން ފެށީމަ އެވެ. ލިޔަންކިޔަން ފެށުމަކީ ތަހުޒީބުވުމުގެ މިންގަނޑެއް ކަމަށް ވާ ނަމަ، މީލާދީން ހަވަނަ ޤަރުނުގައި ދިވެހިރާއްޖެ ވަނީ ތަހުޒީބުވެފަ އެވެ. ދިވެހިރާއްޖޭގައި ލިޔެކިޔުން ބޭނުންކުރިކަމުގެ ހެކިތައް، މިރާއްޖޭގެ އެކި ހިސާބުގެ ބިމުން ފެނިފައިވާ އާސާރީ ތަކެތީގައި ހުންނަ ލިޔުންތަކުން ސާފުކޮށް ފެންނަން އެބަ ހުއްޓެވެ. މި ކަމުން ވެސް އަޅުގަނޑުމެންނަށް ދޭހަވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން އުޅުނު މީހުން އައި ޙަޟާރަތެއްގެ ދޮށިކަމެވެ. އާދެ! އެޒަމާނުގައި މި ބިމުގައި ވަޒަންވެރިވެ ދިރިއުޅެން އައި މީހުންގެ ތެރޭގައި ތަންދޮރު ފިލާފައިވާ އެތައް ބަޔަކު ތިބިކަމެވެ.
އެވޭލާ ޒަމާނުގެ ދިވެހީންގެ ލިޔުމުގެ ތެރެއިން ވަރަށް ގިނަ ތަކެތި ވަނީ ހަލާކުވެ ގޮސްފަ އެވެ. ހިލަ އާއި މަޢުދަނު ފަދަ ޒަމާނަށް ދެމިހުންނަ ތަކެތި ދިވެހިރާއްޖެ އިން ނުލިބުމުގެ ސަބުން އެފަދަ ތަކެތި ބޭނުން ނުކުރެވޭތީ އެވެ. ހަލާކުނުވެ މިޒަމާނާ ހަމައަށް ފެންނަން ހުރީ، ހިރިގަލާއި، ބޭރު ރަށްރަށުން ގެނެސްފައިވާ ލޮއިގައި ލިޔެފައި ހުރި ތަކެއްޗެވެ. މި ތަކެތީގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ލިޔުމަކީ، ހިރިގަލެއްގައި ލިޔެފައިވާ ލިޔުމެކެވެ. މިއީ، މީލާދީން ހަވަނަ ޤަރުނުގައި ލިޔެފައިވާ ކަމަށް އަކުރު ދިރާސާކުރައްވާ މާހިރުން ވިދާޅުވާ، “ލަންދޫ ގަލު” ގައިވާ ލިޔުމެވެ.
ލަންދޫ ގައު ފެނިފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ )ނޫނު އަތޮޅު( ލަންދޫގައި އޮންނަ އާސާރީ ސަރަހައްދާ ވަރަށް ކައިރީ ހިސާބަކުންނެވެ. މިދެންނެވި އާސާރީ ސަރަހައްދަކީ ލަންދޫގައި ހުންނަ “މާބަދިގެ ހައިތަ” ކިޔާ އުސްގަނޑު އޮންނަ ހިސާބެވެ. މިދެންނެވި ގައު ފެނުނީ އެރަށުގެ މީހަކު ކެޔޮގަސްތަކެއް އިންދަން އެތަން ކޮނުމުގެ ތެރޭގައި ކަމަށް އަޅުގަނޑުމެން އަހައިފައިވެ އެވެ. ގައު ނެގުމުގެ ތެރޭގައި ވަނީ މެދުތެރެއިން ބިނދިފަ އެވެ. ގަލަކީ ދިގުކޮށް އޮތް ގަލެކެވެ. ހަތަރު ފަރާތުގައި ވަނީ ވަރަށް މުސްކުޅި އަކުރަކުން ލިޔެފަ އެވެ. މުސްކުޅި އަކުރު ދިރާސާކުރައްވާ ދެ މާހިރަކު މި ލިޔުން ބައްލަވައިފައިވެ އެވެ.
މި ގަލުގައިވާ ލިޔުމާ މެދު އެބޭފުޅުން ވިދާޅުވެފައި ވަނީ، މި ލިޔުމުގައި ބޭނުންކޮށްފައިވާ އަކުރަކީ، ދެކުނު އިންޑިޔާ އާއި ސްރީ ލަންކާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ރަށްރަށުގައި، މީލާދީ ފަސް ވަނަ ޤަރުނާއި ހަތް ވަނަ ޤަރުނުގެ ކުރީ ކޮޅާ ދެމެދުގެ ދުވަސްވަރުގައި އެކިއެކި ލިޔުންތަކުގައި ބޭނުންކޮށް އުޅުނު ބްރަހުމީ އަކުރުން އުފެދިފައިވާ އަކުރެކެވެ. މި އަކުރަށް ކިޔާ އުޅެނީ “ފަހުގެ ބްރަހުމީ” އަކުރެވެ. މި ދެންނެވި ޒަމާނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަލިކަން ދުނިޔެ އަށް ލިބުމުގެ ކުރީގެ ދުވަސްވަރެކެވެ. ދިވެހިރާއްޖޭގައި މިއަކުރު ބޭނުންކޮށް އުޅުނުކަން ފާޅުވީ، މި ދެންނެވި ގައު ފެނުމުންނެވެ. މީގައިވާ ލިޔުމުގެ ދިރާސާއެއް ކުރެއްވި ޖަރުމަން ޕްރޮފެސަރު ގިޕާޓް ވިދާޅުވެފައިވާ ގޮތުގައި، މިގަލުގައި ލިޔެފައިވަނީ ބުޑިސްޓް ދީނުގެ ވަޖުރަޔާނަ ބުޑިޒަމްގެ ފަންޑިތައެކެވެ. އެ ޒަމާނަކީ ބުޑިސްޓު ދީނުގެ ވަޖުރަޔާނަ މަޒުހަބު އުފެދިގެން އައި ޒަމާން ކަމަށް ވެފައި، މިދީނުގެ ބައެއް އާސާރުތައް ރާއްޖޭގެ ބިމުން ފެނިފައި ވުމާ ވެސް އެކު، މި މަޒުހަބުގެ ބައެއް މީހުން އިހު ޒަމާނުގައި ދިވެހިރާއްޖޭގައި އުޅުނު ކަން ދޭހަވެ އެވެ.
ބުނެވޭ ގޮތުގައި އެ ޒަމާނުގައި އަލަށް ބިނާއެއް އާރާސްތު ކުރާއިރު، ޚާއްޞަކޮށް، އެއީ ދީނީ ބިނާއެއް ނަމަ، ލަންދޫ ގަލުގައި އޮތް ކަހަލަ ފަންޑިތައެއް ގަލެއްގައި ނުވަތަ ލޮއި ފޮއްޗެއްގައި ލިޔެފައި، އެ ޢިމާރާތެއް ހަދާ ބިމެއްގައި ވަޅުލައި އުޅުނެވެ. މިކަން މި ގޮތަށް ހިނގައިފައިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެނީ މިކަހަލަ އާދަކާދަ އަކީ އަޅުގަނޑުމެންގެ ގާތުގައިވާ އެހެން ޤައުމުތަކުގައި ހިނގައިފައި ހުރި ކަންތައްތައް ކަން ސާބިތުވެފައި ވާތީ އެވެ. ލަންދޫ ގަލުގެ އިތުރަށް، ދިވެހިރާއްޖެ އިން ފެނިފައިވާ ދެން އެންމެ ގިނަ ދުވަސް ވީ ލިޔުންތަކަކީ، އަރިއަތޮޅު މާޅޮހުން ފެނުނު ހިރިގަލު ފޮށްޓެއްގެ މަތިގަނޑުގައި ނާގަރީ އަކުރުން ލިޔެފައިވާ ލިޔުމަކާއި، ކޮޅުމަޑުލު ވޭމަންޑޫން ފެނިފައިވާ ހިރިގަލު ފޮށްޓެއްގައި އޮތް ކުޑަކުޑަ ރަން ފަތްކޮޅެއްގައި އެވޭލާ އަކުރާއި އަދި އެހެން ބައެއް އަކުރު “މަސްހުނި” ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ. މިތަކެތި މިވަގުތު ބަހައްޓައިފައި ހުރީ ޤައުމީ ދާރުލްއާސާރުގަ އެވެ.
އެހެނިހެން ގައުމުތަކުގައި ވެސް ލަންދޫ ގައު ފަދަ މުހިންމު އާސާރީ ލިޔުންތައް ދިރާސާކޮށް ހެދުމުން، އެ ޤައުމެއްގެ އެންމެ ކުރީގެ ޒަމާންތަކުގެ އެތައް މަޢުލޫމާތުތަކެއް ހާމަވެގެން ދެ އެވެ. މަޝްހޫރުވެފައިވާ ބައެއް ތާރީޚީ މަޢުލޫމާތު ހޯދާފައިވަނީ މިފަދަ ދިރާސާތަކުންނެވެ. ލަންދޫ ގަލަކީ ވެސް، މިފަދަ މަޢުލޫމާތުތަކެއް އެއިން ހޯދިދާނޭ ފަދަ އާސާރަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޔަގީންކުރެވޭ ގޮތުގައި، ދިވެހީންގެ ބަހާއި، ދިވެހީންގެ ލިޔުމާއި އަދި އެއިރު އޮތް ދީނެއްގެ މަޢުލޫމާތުތަކެއް ލިބޭނެ އެވެ. އަދި މިހާރު ނޭނގުމުގެ އަނދިރީގައިވާ، އިހުޒަމާނުގެ އެކިއެކި ރަސްރަސްކަލުންގެ މަޢުލޫމާތުތައް ހޯދުމުގެ ވަޞީލަތަކަށް ވެސް މިފަދަ އާސާރުތައް ވާނެ އެވެ.
ނޯޓް: މިއީ ހަވީރުއޮންލައިން (5 މާޗް 2011) އިން ނަކަލުކޮށްފައިވާ ލިޔުމެކެވެ.