#ZuvaanunngeUmmeedhu #Raaee2019 #MakunudhooDhaairaa2019 #JazeeraaRaajje #Makunudhoo #Neykurendhoo @MdpKumundhoo @Shaheem2019MDP https://www.instagram.com/p/BrZLOaNH3FX/?utm_source=ig_tumblr_share&igshid=1480z0uifshld
seen from China
seen from China
seen from United States
seen from United States

seen from United States

seen from United States
seen from Russia
seen from Türkiye
seen from Sweden
seen from China
seen from United Kingdom
seen from Türkiye
seen from United Kingdom
seen from China

seen from Chile
seen from United States

seen from United States
seen from Germany

seen from Türkiye

seen from Türkiye
#ZuvaanunngeUmmeedhu #Raaee2019 #MakunudhooDhaairaa2019 #JazeeraaRaajje #Makunudhoo #Neykurendhoo @MdpKumundhoo @Shaheem2019MDP https://www.instagram.com/p/BrZLOaNH3FX/?utm_source=ig_tumblr_share&igshid=1480z0uifshld
#ZuvaanunngeUmmeedhu #Raaee2019 #MakunudhooDhaairaa2019 #JazeeraaRaajje #Makunudhoo #Neykurendhoo @MdpKumundhoo @Shaheem2019MDP https://www.instagram.com/p/BrX0iN1HyOD/?utm_source=ig_tumblr_share&igshid=oq8qe3wdznvt
Il cielo sopra, la terra dentro, l’acqua davanti, il vento e la luce. #ilcoraggiodiascoltarsi #meditazione #silenzio #natura #maldives #makunudhoo #quandolabellezzaavvolgelessere (presso Maldives)
Thanks Makunudhoo Council & #makunudhoo people for the Great Hospitality #AlhumdulilahForEverything (at H.Dh Makunudhoo)
Maldivian Dinner. Best part of the trip #makunudhoo (at Fizzy All Cafe)
While traveling to #makunudhoo #sunrise
ކަޅުހުއްތުބޭ މައިގްރޭނަށް ހެދި މުޖައްރިބު ފަންޑިތަ
ކަޅުހުއްތުބެއަކީ، ވަރަށް އާދައިގެ މީހެކެވެ. ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ، ރުއްއެރުމެވެ. އޭނާއަކީ، އެހެން މީހެއްގެ ކަމަކާ ނުބެހި ހަމަހިމޭނުން ދިރިއުޅޭ މީހެއް ކަމަށް ވިޔަސް، އޭނާގެ އަމާން އޮމާން ދިރިއުޅުމާމެދު ހަސަދަވެރިވާ ބަޔަކު އުޅުނެވެ. އެމީހުންގެ ރޭވުމުގެ މަތިން، ފަޅުގައި އޮތް ދޯންޏަކުން އޭނާ ވައްކަންކުރިކަމަށް ބުނެ، މައްސަލައެއް ކޯޓަށް ހުށަހެޅި އެވެ. މައްސަލަ ތަޙުޤީޤުކޮށް ބެލިއިރު، އެބުނާ ވައްކަމެއްގެ ހާދިސާ ހިނގި ރޭ، ކަޅުހުއްތުބޭ އޮތީ ގޭގައި ނިދާފައިކަން ވެސް އެނގުނެވެ. ނަމަވެސް، މައްސަލަ ބެލި ގާޒީއަކީ، ހަކުރު ބަތްތަށްޓަށް ޝަރިއަތްކޮށް، ރުއްޖެހި ނޫޓަށް ނިޔާއިއްވާ ލުއްޗާއެކެވެ. މައްސަލަ ހުށަހެޅި މީހުން އޭނާއަށް ދިން ނޫޓްކޮޅެއްގެ ބަދަލުގައި، އޭނާ ނިޔާ އިއްވީ މާލެއިން އުތުރު ރަށަކަށް ކަޅުހުއްތުބޭ އަރުވާލުމަށެވެ. ބުނެވޭ ގޮތުގައި އެއީ ގޮއިދޫ އެވެ. ނުވަތަ މަކުނުދޫ އެވެ. ކަޅުހުއްތުބޭ، އަރުވާލަން ނިޔާ ކަނޑައެޅުނު ރަށަށް ފޮނުވާލެވުނު ދުވަހު، އަނބިދަރީންނާ ސަލާންގަލާން ކުރުމަށްފަހު، އޭނާ ދިޔައީ ނޯށުން ރޮމުންނެވެ. އެއަށްވުރެ ހިތްދަތި ހިނދުކޮޅެއް، ދުވަހަކު ވެސް އޭނާގެ ހަޔާތުގައި ނާދެ އެވެ. ކަޅުހުއްތުބޭ، އަރުވާލި ރަށަށް ގޮސް އުޅޭތާ މަހެއްހައި ދުވަސް ވެފައިވަނިކޮށް އެއްރެއަކު ދެނަމާދު ދޭތެރޭ ވަގުތެއްގައި، މީހަކު ތެޅެމުން ފޮޅެމުން އޭނާގެ ގާތަށް ދިޔަ އެވެ. އެއީ، ބޮޑު ކަމެއް ޖެހިގެން ވަރަށް ބޮޑަށް ހާސްވެފައިވާ މީހެއްކަން އޭނާ އުޅުނު ގޮތުން ކަޅުހުއްތުބެއަށް އެނގުނެވެ. އެމީހަކީ، އެރަށު އެންމެ ކަމުވޮށިވެގެންވާ މީހުންގެ ތެރެއިން އެކެކެވެ. އެއީ މުއްސަނދި އަލީ އެވެ. އަލީ ދިޔައީ، އޭނާގެ އަންހެން ދަރިއެއްގެ ބޮލުގެ އެއްފަޅީގައި ރިއްސާތީ އެވެ. އެކަމަށް އޭނާ ނުކުރާ ބޭހެއް، ނުދޭ ފަރުވާއެއް ނެތެވެ. އޭނާގެ ދަރިފުޅުގެ ބަލި ހާލު ކިޔައިދީ، އެކަމަށް ފަންޑިތައެއް ހަދައިދިނުމަށް ކަޅުހުއްތުބޭގެ ގާތުގައި އޭނާ އެދުނެވެ. ކަޅުހުއްތުބޭ ބުންޏެވެ. "ތިމަންނާއަކީ ފަންޑިތަ ދަންނަ މީހަކީމެއް ނޫނެވެ. ތިމަންނާ ފަންޑިތައެއް ނަހަދަމެވެ." މުއްސަނދި އަލީ ބުންޏެވެ. "ތިޔައީ ހުވަދުއަތޮޅު މީހެއް ނޫންހެއްޔެވެ؟ ކޮންމެވެސް ކަމެއް ކޮށްދޭށެވެ!" ހުއްޓުމެއްނެތި އަލީ އާދޭސްކުރަން ފެށުމުން، ކޮންމެވެސް ކަމެއް ކޮށްދޭން ކަޅުހުއްތުބޭ ގަސްތުކުރި އެވެ. ކަޅުހުއްތުބޭ ބުންޏެވެ. "ތިމަންނާ ފަންޑިތަހަދައި ނޫޅުނެއްކަމަކު، ތިމަންނާގެ ކާފައަކީ ފަންޑިތަވެރިއެކެވެ. ބޮލުގެ ރިހުމަށް ކާފަ ހަދައިއުޅޭ ފަންޑިތައެއް ހަނދާން ވެއްޖެ އެވެ." މުއްސަނދި އަލީ ބުންޏެވެ. "އަވަހަށް ތިޔަ ފަންޑިތަ ހަދައިދޭށެވެ! ތިޔަ ފަންޑިތަ ހަދަން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟" ކަޅުހުއްތުބޭ ބުންޏެވެ. "މި ފަންޑިތަ ހަދަން ބޭނުންވާނީ، އެންމެ އެއްޗެކެވެ. އެއީ މިރަށުގައިވާ އެންމެ ދިގު ރުކުގެ ބޮންތީގެ ފަންވަތެކެވެ." ކަޅުހުއްތުބޭ ޢިޝާނަމާދުން ފައިބައިގެން ގެއަށް ދިޔައިރު، އެ ފަންވަތް ހިފައިގެން ގޮސް އަލީ އެގޭގައި ހުއްޓެވެ. ކަޅުހުއްތުބެއަކީ، މާގިނަ އެއްޗެއް ދަންނަ މީހެއް ނޫނެވެ. އަލްޙަމްދާއި އިޚުލާޞް، ފަލަޤި، ނާސް، ތިން ސޫރަތް ނޫން އެއްޗެއް ޤުރުއާނުން ވެސް އޭނާއަކަށް ނޭނގެ އެވެ. ލިޔަން ކިޔަން އެނގެނީ ވެސް ހަމަ ކިރިޔަކިރިޔާ އެވެ.... އެހެންނަމަވެސް ފަންވަތެއް ލިއުމުގެ ގޮންޖެހުމާ ކަޅުހުއްތުބޭ ކުރިމަތިލީ ނުހަނު ހިތްވަރާއެކުގަ އެވެ. އަށިމައްޗަށް އަރާއިނދެ، ވަރަށް ފަރުވާތެރިކަމާއެކު، ވަޅިއެއްގެ ތުނޑުން އޭގައި އަލްޙަމްދު ލިއުނެވެ. އޭނާއަށް އެކަން ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އެކަމަށް ދެ ގަޑިއެއްހާ އިރު ހޭދަވި އެވެ. ފަންވަތް ލިޔެ، އޭނާއަށް އެނގުނުހައި ހެޔޮއެއްޗެއް ކިޔައި، އެއަށް ފުމެލުމަށްފަހު، މުއްސަނދި އަލީ އަށް ފަންވަތް ދީފައި ބުންޏެވެ. "ތިންދުވަސް ވަންދެން ދަރިފުޅުގެ ބޯ، މި ފަންވަތުން ބަނދެފައި ބަހައްޓާށެވެ!" މުއްސަނދި އަލީ ގޮސް އޭނާގެ އަންހެން ދަރިފުޅުގެ ބޯ ފަންވަތުން ބަނެވެ.... އަނެއްކޮޅުން ކަޅުހުއްތުބޭ ގޮސް އެރީ މިސްކިތަށެވެ. ދަމުނަމާދުކޮށްގެން، އެކުއްޖާގެ ބޮލުގެ ރިހުމަށް ޝިފާދެއްވުންއެދި، އޭނާއަށް އެނގުނު ގޮތަކަށް ދުޢާކުރަން އިނެވެ. އޭނާ ގެއަށް ދިޔައީ ފަތިސްނަމާދު ކޮށްގެންނެވެ.... މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން، މުއްސަނދި އަލީގެ ދަރިފުޅުގެ ބޮލުގެ ރިހުމަށް ފުރިހަމަ ޝިފާ ލިބުނެވެ. ހެނދުނު އިރުއެރިއިރު، އެކުއްޖާގެ ބޮލަކު ނުރިއްސަ އެވެ. އެއަށްފަހު، އެރަށު މީހުން ކޮންމެ ކަމަކަށް ފަންޑިތައެއް ހަދަން ޖެހުނަސް ދަނީ ކަޅުހުއްތުބޭ ކައިރިއަށެވެ. އޭނާ ހަދައިދޭ ފަންޑިތައިގެ މުލަކީ، އަލްޙަމްދާއި އިޚުލާޞް، ފަލަޤި، ނާސް، ތިން ސޫރަތެވެ.... އެރަށުގައި އަހަރެއްހައި ދުވަސް އޭނާ ހޭދަކުރި އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވެފައިވަނީ، މާތް ﷲ، އެރަށުމީހުންނަށް ލެއްވި ރަޙުމަތެއް ކަމުގަ އެވެ. އަދި އެރަށު މީހުން ވެފައިވަނީ، އޭނާއަށް ލެއްވި ރަޙުމަތެއް ކަމުގަ އެވެ. އޭނާގެ އުފަން ރަށުގައި، މީހަކު ދުވަހަކު ވެސް ނުކުރާނެ އިޙުތިރާމާއި ޤަދަރު، އެރަށު މީހުން އޭނާއަށް ކުރި އެވެ. އަދި އޭނާ ފުރައިގެން އެނބުރި ރަށަށް ދިޔަ ދުވަހު، އެމީހުން އޭނާއަށް އެތައް ހަދިޔާއެއް ވެސް ދިނެވެ. <><><><><> ނޯޓް: މިއީ ޚިޔާލީ ވާހަކައެއް ނޫނެވެ. އެކަމަކު މިއީ، ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ ވާހަކަ އެވެ. ވާހަކަ ކިޔައިދޭ މީހުން ތަފާތު ގޮތްގޮތަށް ކިޔައިދިނެއް ކަމަކު، ވާހަކައިގައި ސާބިތު ބައިތަކެއް ވެ އެވެ. އެއީ ކަޅުހުއްތުބެއާއި، އޭނާ ހެދި ފަންޑިތައާއި، އެފަންޑިތަ ކާމިޔާބުވުމާއި، އޭނާ އަރުވާލެވުނު ގޮތާ، އަދި ގާޒީގެ ރިޝްވަތު ހިފުމެވެ. މައިގްރޭން މައިގްރޭން (Migraine) އަކީ، ބޮލުގެ އެއްފަޅީގައި ރިއްސުމެވެ. މިބަލި ޖެހިފައިވާ މީހުންގެ ބޮލުގައި ރިއްސާއިރު ހޮޑުލަވައިގަންނަ ގޮތް ވާނެ އެވެ. އަދި ބޮލުގައި ރިއްސާއިރު އަލިވުމުން އެމީހުންނަށް އުނދަގޫވާނެ އެވެ. އާންމު ގޮތެއްގައި މައިގްރޭންގެ އުނދަގޫ ކުރިމަތިވަނީ، 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ. ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް މިކަން ކުރިމަތިވެ އެވެ. މައިގްރޭންގެ އުނދަގޫ ކުރިމަތިވަނީ ކީއްވެގެންކަމެއް މިހާތަނަށް ސާފުކޮށް ހޯދިފައެއް ނެތެވެ. ނަމަވެސް، އެކަން ކުރިމަތިވަނީ، ސިކުނޑީގެ މަތީގައި، ބޮލުގެ ނާށިގަނޑުން ބޭރުގައި (ބޮލުގެ އިސްތަޑި ފެޅި ހިސާބުގައި) ވާ ލޭހޮޅިތައް ފުފި، އެހިސާބުގައިވާ ނާރުތަކުގެ ކޮޅުތައް ފިތިގެންކަން އެނގިފައިވެ އެވެ. އަދި ނިދިމަދުވުމުންނާއި، މާގިނައިން ނިދުމުންނާއި، ގަދަ އަލީގައި އުޅުމުންނާއި، މޫސުމް ބަދަލުވުމުންނާއި، ބައެއް ކާބޯތަކެތި ކެއުމުންނާއި، ވަކި އުމުރެއްގައި އަންހެނުންގެ ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުންނާއި، އަންހެނުންގެ މައްސަރުކަންތައް ފެށޭއިރު، މައިގްރޭންގެ އުނދަގޫ ކުރިމަތިވާކަން އެނގިފައިވެ އެވެ.