
seen from Netherlands
seen from Vietnam
seen from China
seen from Russia
seen from Australia
seen from United States

seen from Malaysia
seen from United States
seen from Singapore
seen from China

seen from Malaysia
seen from Australia
seen from Malaysia

seen from United States

seen from France

seen from United States
seen from Thailand

seen from United States
seen from United States
seen from United States
#urdupoetry #waqat #shabab
01 - ރެޑް ހޭންޑް
ކައިލީ ޖެނަރގެ އެންމެ ފަހުގެ ލިޕްސްޓިކްއެއް އަަތަށް ނެގުމަށްފަހު ޖުވޭ އޭގައި ޖަހާފައި އިން އަގެއް ބަލަން ހިމަ ދިގު ފުޅި އަތުތެރޭގައި އަނބުރާލިއެވެ. އަނގައަށް ވައްތަރެއް ޖައްސަމުން އަހަންނަށް އަގުކޮޅު ދައްކާލިއެވެ. އިން ވަރަށް ވުރެ ތަންކޮޅެއް އަގު މަތިވިނަމަވެސް ތިން އަކުރުން ނުފުދުނީހެވެ.
"ދެންވެސް ހިނގާ ތިބަހައްޓާފަ ދާން" އަހަރެން ހުރީ ލަސްވެފައެވެ. ޖުވޭރިއާގެ މަންމަމެން އޭނާއަށް ކިތަންމެ ވަރަކަށް އެއްޗިހި ގަނެދިނެއްކަމަކު ބާޒާރަށް އެއްޗެއް ނެރުމާއެކީ ގޮސް އޭގައި އަތްނުކާތައެއް އޭނާއަށް ފަރަކުނުޖެހެއެވެ. އަހަރެންގެ އާއިލާއަކީވެސް މާ ނިކަމެތި ބައެއްކަމުގައި ނުވިއަސް ޖުވޭރިއާގެ މަންމަމެން އޭނާއަށް ގަނެދޭ ފެންވަރުގެ އެއްޗިހި ގަތުމަކީ އެމީހުންނަށް ކޮށްދެވޭ ވަރު ކަމަކަށް ނުވެއެވެ. އެއްޗިހި ލިބިހުރެ އަދި އިތުރަށް ހޯދަން އުޅޭތީ ބައެއް ފަހަރު ޖުވޭ ދެކެ ނިކަން ފޫހިވެސް ވެއެވެ. އެކަމު އެއީ ހިތްހެޔޮ ރައްޓެއްސެކެވެ. އަހަރެންގެ ކޮޓަރީގައި ހުންނަ ވަރަށް ގިނަ އަންނައުނާ ރީތިވާ ސާމާނަކީ ޖުވޭގެ ފަރާތުން ލިބިފައިހުރި އެއްޗިހިކަން މަންމަމެންނަށް ވެސް އިނގޭނެވެ. ހެހެހެ.
އަހަރުމެން ދެމީހުންނަށް އަހަރެންގެ ގެއާ ހަމައަށް ދެވުނުއިރު ގޭ ކުރިމަތީގައި ޖުވޭގެ ކަޒިންއެއް އޭނާ ބަލާ އައިސް ހުއްޓެވެ. އޭނާއަށް ގޮވާލުމަށް ފަހު ޖުވޭއަށް ބައި ޖަހާލާފައި އަހަރެން ގެއަށް ވަނީއެވެ.
ސިޓިންރޫމްގައި މަންމަމެންނާއެކު އިރުކޮޅަކު އިނދެލާފަ އަހަރެން ކޮޓަރިއަށް ވަނީ ނިދާށެވެ. ޑްރެސިން ޓޭބަލް ކައިރިއަށް ގޮސް ބޮލުން ބުރުގާ ނަގާ އިސްތަށިގަނޑު މޮހެލީމެވެ. އަދި ޑްރެސިން ޓޭބަލް މަތީގައި އިން ކައިލީ ޖެނަރ ލިޕްސްޓިކް ނަގާ ބަލާލީމެވެ. އޭގެ އިރުކޮޅެއްކުރިން އަތްވެސް ޖައްސާލަން ބޭނުން ނުވެގެން އައި ވައްތަރުގެ ހަމަ އެ ނަންބަރުގެ ލިޕްސްޓިކެކެވެ. ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރީގެ މަޑު އަލީގައި އެ ސިފަވަނީ އަހަރެން އަތުގައި އޮތް ލޭފުޅިއެއް ހެނެވެ. ޖުވޭއާ ހިލާފަށް އަހަރެންނަކީ މާބޮޑަށް މޭކަޕް ކޮށް އުޅޭ މީހެއް ނުވެސް ނޫނެވެ. އަހަރެންނަށް އޭގެއިން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖުވޭ އެހާހޯދަން ބޭނުންވާ އެއްޗެއް އޭނައަށް ނުލިބެނިސް އަހަރެންގެ އަތުގައި އޮތުމެވެ. މާ ގިނަ ދުވަހެއް ނުވެ ޖުވޭގެ ކުސްތެޅުންތަކަށް ކެތްނުވެގެން އޭނާގެ މަންމަ ނޫނީ ބައްޕަ ބޮޑުއަގުދީފައި މީގެ ލިޕްސްޓިކެއް ގަނެދޭނެކަން ވެސް އަހަންނަށް އިނގެއެވެ. އޭރުން އަހަރެން މީތި ލާނީ އެއްލައެވެ.
އަހަރެން އެ ލިޕްސްޓިކް ވަގަށް ނެގީ މީގެ ތިން ރޭ ކުރިންނެވެ. ފިހާރަ ބަންދުކުރާ ގަޑި ކައިރިވެފައި ކަސްޓަމަރުން ބޮނޑިވަމުން ދިޔަވަގުތެކެވެ. އެކަމުގެ ފައިދާ ނަގައި ސެކިއުރިޓީ ކެމެރާއަށް ނިވާވެހުރެ އޮމާން ހަރަކާތަކާއެކު އަހަރެންގެ އަތުތެރެއިން ސޮއްސާލައިގެން ގޮސް އޭތި ވެއްޓުނީ އަހަރެންގެ އަނެއް އަތުގައި އެެއަށް އިންތިޒާރުގައި އަނގަހުޅުވައިގެން އޮތް ދަބަސް ތެރެއަށެވެ. އާދައިގެ ހިނގުމެއްގައި ފިހާރައިގެ ދޮރާދިމާލަށް އަހަރެން ހިނގަން ފެށީމެވެ. އިހްސާސް ވަމުން ދިޔައީ ފިހާރައިގެ މުވައްޒަފުން އަހަރެންނާ ދިމާލަށް ބަލަމުން ދާ ކަމަށެވެ. އަހަރެން އަތުން ލިޕްސްޓިކް ވެެއްޓުނުތަން އެމީހުންނަށް ފެނުނީއެވެ. އަހަންނާދިމާލަށް އެއްވެސް މީހަކު ބަލަން ހުރިތޯ ޔަގީންކުރަން އަހަރެން ބޭނުންވިއެވެ. އޮޅިގެން ދަބަހަށް ލެވިފައި އޮތް އެއްޗެއް ފެނިގެންކަމަށް ހަދާފައި ނަގާފައި އަލުން ބައިންދަންވެސް ހިތައްއެރިއެވެ. ނަމަވެސް އަހަރެންގެ ފައިގެ ހިނގުން ނުހުއްޓުއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. ދޮރާ ކައިރިއަށް ހިނގަމުން ދިޔައިރު ދޮރުގެ އަތްގަޑު ނޫން އެއްޗެއް އަހަރެންނަށް ނުފެނެއެވެ. އަހަރެންގެ ވަށައިގެން ހަރަކާތްތެރިވަމުން ދިޔަ މީހުންގެ އަޑުތައް މަސްހުނިވެ ކަންފަތުގައި ބޫން އަޑެއް ހިފާލިއެވެ. ދޮރުން ނުކުންނަން ދިމާކޮށްލި ވަގުތު ބޭރުން ފިހާރަތެރެއަށް މީހަކު ވަންނަން ފެށުމުން އަހަރެން މަޑުކޮށްލަން ޖެހުނެވެ. އެވަގުތު އަހަރެންގެ މުލައްދަނޑީގައި ކުއްލިއަކަށް މީހަކު ހިފިއެވެ. އަހަރެން ހިތް ހީވީ މޭފަޅާފައި ނިކުތްހެންނެވެ. ނަމަވެސް އަހަންނަށް ކުރެވުނީ ކުއްހީއެކެވެ. އެއީ ވެސް ހަަމަ ފިހާރައިން ނުކުންނަން ވެގެން އުޅުނު މީހެކެވެ. ނޭނގި އަހަރެން ގެ އަތުގައި ޖެހުނީއެވެ. އެމީހާ އަހަރެންނާ ދިމާއަަށް ބަލާލާފައި ހީވެސް ލިއެވެ. އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. އެތެރެ ހަށި ކެކެމުން ދިޔަނަމަވެސް އަހަރެންގެ މޫނު ވަނީ ގަނޑުވެފައެވެ. ދޮރު ނުލެއްޕެނިސް އަހަރެން އެ ދޭތެރެއިން މަގުމައްޗަށް ނިކުތީމެވެ. ދަބަހުގެ ޒިބު އަޅުވަން ވެސް ހަނދާންވީ އެކޮށި ވެސް ފަހަނައަޅާ ދިޔަފަހުންނެވެ.
އެކަހަަލަ ކޮންމެ ފަހަރަކު އަމިއްލަޔަށް އަހަރެން ހުންނަނީ މޮޔަވެފަ ބާވައޭ ހިތައްއަރައެވެ. ސަލާމަތް ވެވުނުކަން ނަސީބެކޭ، ދެންވެސް އެއްޗެއް ވިސްނިގެން އެކަހަލަ ކަމެއް ނުކުރާނަމޭ ހިތާހިތުން އަޒުމްވެސް ކަނޑައަޅަމެވެ. އެކަމަކު ވާގޮތެއް ނޭގެއެވެ. ގިނަފަހަރު މާ އަގު ބޮޑު އެއްޗިހެއްވެސް ނޫނެވެ. އަތުގައި ހުރި ފައިސާއިން އެ އެއްޗެއް ގަނެގެން އާދެވޭނެ ކުދި ކުދި އެއްޗިހިިވެސް ނަގަމެވެ. ބޭނުންވީމާ އެ ނިމުނީއެވެ. އެއްޗެއް ވަގަށްނަގައިގެން ގެއައް އައިސް ކޮޓަރި ތަޅުލައިގެން ކިތަންމެ އިރަކު އެ ގެނައި އެއްޗެއް އަތައްލައިގެން އޭގައި އަތްކާތާލަ ކާތާލާ އިންނަމެވެ. އެންމެ ފޫހި ކަމަކީ އަގުބޮޑު ނުވަތަ މީހުނަށް ފާހަގަ ވާ ކަހަލަ އެއްޗިހި ބޭނުން ނުކޮށް ފޮރުވާފައި ބަހައްޓަން ޖެހޭތީއެވެ. ޖުވޭގެ ބޮލުގައި އަޅުވައިގެން ވެސް އެއްޗިހި ގެންގުޅެވޭނީ ވަކިވަރަކަށްތާއެވެ.
މި ނުބައި އާދަ ނުހުއްޓައި ކުރިއަށް އަހަރެން ގެންދާތީ މިހާރު މިކަމުގެ ކޮންމެސް ވަރެއްގެ މާހިރަކަށް ވެއްޖެއެވެ. ކޮންމެ ފަހަރަކު އެއަންނަ ބިރުވެރި ނޭވާހިފަހައްޓަންޖެހޭ ވަގުތުކޮޅަކަން ބަދަލެއް ނައިކަމުގައި ވިޔަސް، ފަޅާއެރުމެއް ނެތި މިކަންތައް ހިނގަމުން ދާތީ ފާޑެއް މޮޔަ ކެރުމެއް އަހަންނަށް ވަނީ ލިބިފައެވެ. އެންމެފަހުން އަހަރެންގެ ކުށް ފަޅާއެރީ އަހަރެން ދުވަހެއްގެ ކޮޅުންވެސް ހީނުކުރާ ގޮތަކަށެވެ.
in time, inshallah
Al Shabab vs Al Ahli Preview & Prediction
Key Highlights Al Shabab have been underperforming in the campaign but will face Asian champions Al Ahli. Kick-off date/time: Friday February 13, 2026, at 1:55am. How to watch on TV and online details provided for UK and US audiences. Prediction favors Al Ahli, who are three points behind Al Hilal in the title race. Al Shabab vs. Al Ahli: A High-Stakes Clash in the Saudi Pro League Al Shabab…
Watch how great they are getting along together. So they are together ions so it's noon time. The Middle East is hot , so hot. Ahmad feels like pranking his best friend David, or Daude (dude) so I'll translate what they said to each other:
Ahmad: Daude
David: what?
Ahmad: tell if all our world was an ocean, and your butt was an Island..... Lol
David: Be quiet kiddo
Somalia ends Al Shabab siege at Mogadishu hotel
Somalia ends Al Shabab siege at Mogadishu hotel
“Security forces have ended the siege now and the gunmen are dead,” says a security official, after Al Shabab terrorists stormed Hayat Hotel, leaving some 20 people dead and sparking a 30-hour standoff with government forces. The hotel has been destroyed following a bombardment by security forces to eliminate the assailants who were holed up there. (Reuters) Somalia’s security forces have…
View On WordPress
Somali military captures Al Shabab stronghold
Somali military captures Al Shabab stronghold
Fast News Teedaan village in Somalia’s central Hiran region was reportedly liberated in ongoing operations. Al Shabab has led an insurrection against Somalia’s federal government for 15 years. (AP Archive) Several Al Shabab terrorists were killed after the Somali army conducted a military operation against the Al Qaeda-linked group in the central region of Hiran, liberating the group’s…
View On WordPress